ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 18:57
ޖޯއި ބޮކްސް: ދިރާގު ޓީވީއިން 80 އަށް ވުރެ ގިނަ ޗެނަލް ގެނެސްދޭ
ޖޯއި ބޮކްސް: ދިރާގު ޓީވީއިން 80 އަށް ވުރެ ގިނަ ޗެނަލް ގެނެސްދޭ
ދިރާގު
ދިރާގު ހިދުމަތްތައް
ދިރާގު ޓީވީ އިން 4ކޭ ޗެނަލެއް ތަޢާރަފު ކޮށްފި
އާ ޗެނަލް ފެންނާނީ ފައިބަރ ކަނެކްޝަން ބޭނުން ކުރާ ފަޜާތްތަކަށް
މި އަހަރު ނިމުމުގެ ކުރިން އާ ޗެނަލް މުޅި ރާއްޖެއަށް ފެންނާނެ

ދިރާގު ޓީވީ އިން 4ކޭ ޓީވީ ޗެނަލެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން މިއަދު ތަޢާރަފްކުރި "ލަވް ނޭޗާ" ނަމަކަށް ކިޔާ މިޗެނަލަކީ ގުދުރަތީ ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ.

އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ ނުވަތަ 4ކޭ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. 4ކޭ ޗެނަލެއް ތަޢާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅުކަމުގައި ދިރާގުން ބުނެއެވެ. އަދި މީގެ އިތުރުން ވެސް ދިރާގު ޓީވީގެ ޚިދުމަތް އިތުރަށް ތަރައްގީކޮށް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމުގައި އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

"ލަވް ނޭޗާ" ޗެނަލް ތަޢާރަފް ކޮށްފައި ވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއްގެ ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުޞަތު ލިބޭނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށެވެ. މި ޗެނަލް ބެލުމަށް ވަކި ޚާއްސަ ޖޯއި ބޮކްސްއެއް ގަންނާކަށް ނުޖެހޭނެއެވެ

މި ޗެނަލް ރާއްޖޭގައި ފުރަތަމަ ލިބޭނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދިރާގު ޓީވީގެ އިންޓްރޮޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު 300ރ. އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލް ބަލާލެވޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް އަގަކާނުލައި ޖޯއި ބޮކްސް (ޑީކޯޑަރ) ލިބޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުން ވަނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާ އިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައިދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް