ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 12:11
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު
ފޭސްބުކް
އެސްޓީއޯ ހިއްސާގެ ފައިދާ
އެސްޓީއޯ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަށް އިއުލާނުކޮށްފި
10 ޖޫން އިން ފެށިގެން ފައިސާ ދޫކުރަނީ
ކުންފުނީގެ ފައިދާ އިން ހިއްސާއަކަށް 55ރ. ބެހުމަށް ވަނީ ނިންމާފައި

އެސްޓީއޯ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިސާ ބެހުމަށް އިއުލާނުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރު އެކުންފުނީގެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާއަކަށް 55ރ. ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފައިސާ ޖޫން 10 ވަނަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ހިއްސާގެ ފައިދާ ބޭންކް އެކައުންޓްއަށް ޖަމާކުރުމަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ އެކައުންޓަށް،  ޖޫން 10 ގެ ނިއަލަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށެވެ.

ހިއްސާ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ހިއްސާގެ ސެޓްފިކޭޓް ގެންނަވަންވާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ހިއްސާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ބޭންކް އެކައުންޓްއަށް އަލަށް ޖަމާކުރުމަށް ބޭނުންވާ ފަރާތްތަކުން ބޭންކްއަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް އެދޭ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

 ފޯމް ކުންފުނީގެ ވެބްސައިޓް އަދި މައި އޮފީހުގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް