ކ. މާލެ
|
6 ޖޫން 2018 | ބުދަ 16:50
މާރުކޭޓުގައި މީހަކު މަސް ކަނޑަނީ
މާރުކޭޓުގައި މީހަކު މަސް ކަނޑަނީ
އަޝްވާ ފަހީމް
ކަނޑުމަހުގެ އަގު
ކަނޑުމަސް ކިލޯއެއް 90ރ އަށް!
ކަނޑު މަހުގެ އަގު އުފުލުނީ ކަނޑުމަސް ލިބޭ މިންވަރު މަދުވުމުން
ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 90ރ. އަށް

މަސް މާރުކޭޓުގައި ލިބެން ހުރި ކަނޑު މަހުގެ އަގު އުފުލިއްޖެއެވެ.

މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 90ރ. އަށް ކަމަށެވެ.

އާދިއްތަ ދުވަހު ކަނޑުމަހުގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ. އަދި ހޯމަ ދުވަހު މާރުކޭޓުގައި ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 70ރ. އަށެވެ.

މަސް ވިއްކާ ފަރާތްތަކުން ބުނީ މަހުގެ އަގު އުފުލިފައި ވަނީ މަސް ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ކަމަށެވެ.

އާންމު ގޮތެއްގައިވެސް ރަމަޟާން މަހުގެ ފަހު ދިހައަކަށް އެރުމުން މަހަށް ދާ މަސް ދޯނިފަހަރު މަދުވާ ކަމަށާއި އެހެން ކަމުން މަސް ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ. މާރުކޭޓުގައި ކަނޑުމަސް ލިބެން ހުރީ ވެސް ވަރަށް މަދުންނެވެ.

މާރުކޭޓުގައި ތޮޅި 50ރ އަށް ލިބެން ހުރިއިރު ކުޑަ ފިލޮޅެއް ވިއްކަން ހުރީ 60-40 ރުފިޔާއަށް ފިލޮޅެކެވެ.

މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ތާނގައި ވެސް ކަނޑު މަހުގެ އަގު އުފުލިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 ޖޫން 2018 | ހޯމަ 10:32
ކުރޫޑް ތެޔޮފީފާއެއް 4 ޑޮލަރަށް
ކުރޫޑް ތެޔޮފީފާއެއް 4 ޑޮލަރަށް