ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 19:53
ޕިރަމިޑުން އައު ދެ ޕްރޮޑަކްޓް ލޯންޗުކުރުމުގެ ތެރެއިން
ޕިރަމިޑުން އައު ދެ ޕްރޮޑަކްޓް ލޯންޗުކުރުމުގެ ތެރެއިން
ސިމާހާ ނަސީމް
ޕިރަމިޑް ޕްރޮމޯޝަން
ރޯދަމަހަށް ހާއްސަކޮށްގެން ޕިރަމިޑުން އައު ދެ ޕްރޮޑަކްޓް ލޯންޗުކޮށްފި
ޕިރަމިޑުން ލޯންޗުކޮށްފައިވަނީ މާރިއޯ ބްރޭންޑްގެ ކޭކް ރަސްކް އާއި އެ ބްރޭންޑްގެ އިންސްޓަންޓް ނޫޑުލްސް

ރޯދަމަހަށް ހާއްސަކޮށްގެން ޕިރަމިޑުން މާރިއޯ ބްރޭންޑްގެ ކޭކް ރަސްކް އާއި އެ ބްރޭންޑްގެ އިންސްޓަންޓް ނޫޑުލްސް ލޯންޗުކޮށްފިއެވެ.

މާރިއޯ ނޫޑުލްސްގެ ދެ ފްލޭވަރއެއް ވަނީ ލޯންޗުކޮށްފައެވެ. އެއީ ޗިކަން ފްލޭވަރ އާއި ވެޖިޓަބަލް ފްލޭވަރއެވެ.

ޕިރަމިޑްގެ މާރކެޓިންގ މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ 300 ގްރާމްގެ 12 ޕެކެޓްގެ ކޭކް ރަސްކް 300 ރުފިޔާ އަށް ވިއްކަން ހުންނާނެ ކަމަށާއި 70 ގްރާމްގެ ނޫޑުލްސް 60 ޕެކެޓް (ކޭހެއް) 167 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ބަޒާރުގައި ވިއްކަން ހުރި އެހެން ނޫޑުލްސްއާ އަޅާބަލާއިރު މި ނޫޑުލްސް ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށް ވެސް ސޮބާހު ވިދާޅުވިއެވެ.

ކޭކް ރަސްކް އަކީ ޓްރާންސްފެޓް ފްރީ ޕްރޮޑަކްޓަކަށް ވަރަށް ސިއްހަތަށްވެސް ރަނގަޅު ޕްރޮޑަކްޓެއް ކަމަށް ޕިރަމިޑުން ބުނެއެވެ.

މާރިއޯ ނޫޑުލްސް އަކީ އިންޑިއާގައި ވަރަށް މަޝްހޫރު ޕްރޮޑަކްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް