ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 16:50
ލުއި ލޯން ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވުމުގެ ތެރެއިން
ލުއި ލޯން ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވުމުގެ ތެރެއިން
ބީއެމްއެލް
ލުއި ލޯން ޕްރޮމޯޝަން
ލުއި ލޯން ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވައިފި
އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްގެންދިޔައީ
ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ އެވެ.

ޒީނާ އަށް 50،000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ބޭންކުން ވަނީ ކަނޑައަޅާފައެވެ.

ބީއެމްއެލް އިން ހިންގި ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ވަނީ ލުއި ލޯނު ދޫކޮށްފައެވެ.

20،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރު މުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާ އެއްވެސް އަދި ކޯޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 11:55
Ali
interest 12% .. meehun rolaakeun kahala kamey. nikamethi raiyithunge athun ehaabodu intereste nagan heyonuvaane.