ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްގެ މަގާމުން ވަކިކުރެއްވި އިބްރާހިމް ޝަރީފު އޮސްޓްރޭލިއާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްގެ މަގާމުން ޝަރީފު ވަކިކުރެއްވުމާ ހަމައަށް، އޭނާ ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހު އެ މަގާމު ފުރުއްވާފައެވެ. އޭގެ ކުރިން އޭނާ ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ (އެމްޕީއެލް)ގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ޝަރީފު ހުންނެވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. އޭނާ ވަނީ އެލައިޑް އިންޝުއަރެންސް ބޯޑުގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައިފައެވެ. އަދި މޯލްޑިވް ގޭސްގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.