ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 08:20
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން
ރޮއިޓަރސް
ރަޝިއާ-އުތުރު ކޮރެއާ
ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު ކިމް ޖޮންގއުންއަށް އަރުވައިފި
ކިމް ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރ މަހު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ރަޝިއާއަށް ވަޑައިގަތުމަށް، އެޤައުމުގެ ރައީސް ވްލެޑްމިއަރ ޕޫޓިން ދަޢުވަތު އަރުވައިފިއެވެ.

ޕޫޓިންގެ މި ދަޢުވަތު ކިމްއަށް އެރުއްވީ ރަޝިއާގެ ފޮރިން މިނިސްޓަރ ސަރގޭ ލަވްރޯވްއެވެ.

މި ދަތުރު ކުރެއްވުމަށް ތާރީޚެއް ކަނޑައެޅުއްވުމުގެ ބާރު ކިމްއަށް ޕޫޓިން ދެއްވާފައިވާއިރު، ބެލެވޭ ގޮތުގައި ކިމް ޖޮންގ އުން ރަޝިއާއަށް ވަޑައިގަންނަވާނީ 4 ވަނަ އީސްޓަރން އިކޮނޮމިކް ފޯރަމްއާ ދިމާކޮށް، އަންނަ ސެޕްޓެމްބަރު މަހު ކަމަށް ބެލެވެއެވެ.

ރަޝިއާގެ ރިޔާސީ ތަރުޖަމާނަކު ވިދާޅުވީ މި ދަޢުވަތާ މެދު އުތުރު ކޮރެއާގެ ވިސްނުން ހުރިގޮތް އަދި ކަށަވަރު ނުވާ ކަމަށާއި، ޚާރިޖީ ގުޅުންތައް މެދުވެރިކޮށް ދަތުރުގެ ކަންކަން ރާވަން ފަށާފައިވާ ކަމަށެވެ.

ލަވްރޯވް މިހާރު އުތުރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ކޮރެއާގެ މަޝްވަރާތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށް އެހީވެދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޕޫޓިންގެ ދަޢުވަތާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު، ކިމް ވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނެސް، ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އެ ޤައުމުން ވެފައިވާ ވަޢުދު ތަކުރާރު ކުރައްވާފައެވެ.

ރަޝިއާއަށް ވަޑައިގެންނެވުމުގެ ދަޢުވަތު ކިމްއަށް އަރުވާފައިވާއިރު، މި މަހު، ކިމް އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ބައްދަލުކުރައްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 07:49
ކުރިޔައްގެންދަން
ނިއުކްލިއަރ އާރމްސް ކުރިޔައްގެންދަން އަންގާނެ