ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 08:18
ކެރެލާގައި މޭވާ އާއި ތަރުކާރީ ވިއްކާ ސްޓޭންޑެއް
ކެރެލާގައި މޭވާ އާއި ތަރުކާރީ ވިއްކާ ސްޓޭންޑެއް
ގޫގުލް
ނިޕާ ވައިރަސް
ކެރެލާއިން ސައުދީއަށް މޭވާ އާއި ތަރުކާރީ އެތެރެކުރުން މަނާކޮށްފި
ޔުއޭއީން ވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައި

އިންޑިއާގެ ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ކެރެލާގައި ހައްދާ މޭވާ އާއި ތަރުކާރީ، ސައުދީ އަރަބިއާއަށް އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ކެރެލާގައި ހައްދާ މޭވާ އާއި ތަރުކާރީ މި ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން، ފިނިކޮށްގެން ވިޔަސް ސައުދީއަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ސައުދީގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނީ މިގޮތަށް ނިންމީ އިންޑިއާގެ ކެރެލާ ސްޓޭޓުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސްގެ ސަބަބުން ކަމަށެވެ.

ނިޕާ ވައިރަސްގެ ސަބަބުން ކެރެލާގައި ހައްދާ މޭވާ އާއި ތަރުކާރީ ސައުދީއަށް އެތެރެކުރުން މަނާ ކުރިއިރު، ނިމިގެން ދިޔަ ހަފްތާގައި އެކުވެރި އަރަބި އިމާރާތުން ވެސް ވަނީ ކެރެލާގައި ހައްދާ މޭވާ އާއި ތަރުކާރީ އެޤައުމަށް އެތެރެކުރުން މަނާކޮށްފައެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިން ކަމަށް ވެއެވެ. މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ކައިފައި، ނުވަތަ ކޮށާފައި ހުރި އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީ ވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 07:34
الحَمْد لله
الحَمْد لله