ކ. މާލެ
|
4 ޖޫން 2018 | ހޯމަ 23:05
ރަޝިއާގެ ރަނުގެ މައިނެއްގެ އެތެރެ
ރަޝިއާގެ ރަނުގެ މައިނެއްގެ އެތެރެ
ޓްވިޓަރ
ރަޝީއާގެ ރަނުގެ ވިޔަފާރި
ރަޝިއާގައި ރަން ނަގާ މިންވަރު ދެ ގުނަ އިތުރު ކުރަނީ
ދުނިޔޭގައި ދެވަނައަށް ރަން އެންމެ ގިނައިން ނަގާ ގައުމަކަށް ވުމަށް ރަޝިއާ އިން މިސްރާބު ޖަހައިފި

ރަޝިއާއިން އަލަށް ފެނުނު މައިން ތަކުގެ ސަބަބުން މިހާރު ރަން ނަގާ މިންވަރައްވުރެން ދެގުނައަށް ރަން ނެގުމުގެ މަސައްކަތް އިތުރު ކުރަން ފަށައިފިއެވެ.

ބެލެވޭ ގޮތުގައި މިހާރު ރަން ނެގުމުގައި ތިން ވަނައަށް އޮތް ރަޝިއާ، މިހާރަށް ވުރެ ދެ ގުނައަށް ރަން ނެގުން އިތުރުކުރަން ފެށުމާއެކު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ރަން ނަގާ ގައުމަށް، އެގައުމު ވާނެއެވެ. މިހާރު ރަން ނެގުމުގައި އެންމެ ކުރީގައި އުޅެނީ އޮސްޓްރޭލިއާއި ޗައިނާ އިންނެވެ. ބިމުގައިވާ މައުދަންތަކާއި ތެޔޮ ވަޅުތައް ދިރާސާ ކުރުމާއެކު "ޖިއޯފިޒިކަލް" އަދި "ޖިއޮލޮޖިކަލް" މަސައްކަތްތަކުގެ ވެސް ތަޖުރިބާ ހުރި ކުންފުނި ކަމައްވާ "އިންސްޓިޓިއުޓް އޮފް ޖިއޯ ޓެކްނޮލޮޖީ"ގެ ސީއީއޯގެ ނައިބު މިކައިލް ލެސްކޮވް ވިދާޅުވީ ރަޝިއާއިން އަމާޒު ހިފާފައިވާ ލަޑުދަނޑި ހާސިލް ކުރަން 10 އަހަރުވެސް ނުނަގާނެ ކަމަށެވެ.

އިގިރޭސިވިލާތުގެ ކޮންސަލްޓެންޓް ސާރވިސްދޭ ކުންފުންޏެއް އާންމުކުރި އަންދާސީ ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު ރަޝިއާ އިން ވަނީ 249 ޓަނުގެ ރަން ނަގާފައެވެ. ބެލެވޭ ގޮތުގައި 2030 ވަނަ އަހަރު އަންނައިރު އަލަށް ފެނުނު މައިން ތަކުގެ ސަބަބުން މިހާރު ނަގާވަރުގެ ދެގުނަ ރަން ނެގޭނެއެވެ.

2018 ވަނަ އަހަރު ފެށިގެން އައިރު ފެނުނު މައިނެއްގައި 900 ޓަނުގެ ރަނާއި ރިހިވާކަމަށް ރަޝިއާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން 87 ޓަނަކީ ރަންކަމަށް ވާއިރު 787 ޓަނަކީ ރިއްސެވެ.

ފާއިތުވި ވިހި އަހަރު ތެރޭގައި ވެސް ރަޝިއާ ވަނީ ރަން ނަގާ މިންވަރުގެ ދެގުނަ އިތުރު ކޮށްފައެވެ. "ރަޝިއަން ޔޫނިއަން އޮފް ގޯލްޑް ޕްރޮޑިއުސާސް" ބުނާ ގޮތުން ފާއިތުވި ދިހަ އަހަރު ތެރޭ 2،189 ޓަނުގެ ރަން ނެގިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ޖޫން 2018 | ހޯމަ 19:20
މިރަށުގައިވެސް
މިރަށުގައިވެސް ހުދުރަން އެބައޮތް ބައިވަރު ގޮންޑު ދޮއްތަކުގައި