ޖޫން މަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ގައި ބައިވެރިވެވޭ ގޮފިތަކުގެ މައުލޫމާތު އާންމު ކޮށްފިއެވެ.
އެމްޑީޕީން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންގްރެސް ގައި ބައިވެރިވެވޭނީ 2017 ގައި ބޭއްވުނު އެޕާޓީގެ ޗެއާޕާސަންގެ ނައިބްގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގޮފިތަކާއި، ކޮންގްރެސް ބާއްވަން ފާސްކުރި ގަރާރު ފާސްކުރި ތާރީޙް 31 މެއި 2018 އާ ހަމައަށް ރަޖިސްޓްރީވެފައިވާ ގޮފިތަކަށް ކަމަށެވެ.
އެގޮތުން 31 މެއިއާ ހަމައަށް ރަޖިސްޓްރީ ވެފައިވާ ގޮފިތަކުގެ ތެރެއިން އިންތިހާބު ބާއްވާފައި ނުވާ ގޮފިތަކަށް ކޮންގްރެސްގައި ބައިވެރިވެވޭނީ، 11 ޖޫން ގެ ކުރިން އިންތިހާބު ބާއްވާ ނަތީޖާ ސެކްރެޓޭރިއަޓަށް އެންގެވުމުން ކަމަށް އެމްޑީޕީން ކުރި އިއުލާންގައި ބުނެފައިވެއެވެ. އަދި އިންތިހާބު ބާއްވަވާފައިނުވާ ގޮފިތަކުން އެ މުއްދަތުގެ ތެރޭގައި އިންތިހާބް ބާއްވާ ނަތީޖާ ލިޔުމުން ( ސްކްރެޓޭރިޓަށް ފޮނުވާ ސިޓީއަކުން ނުވަތަ އީމެއިލް އަކުން) އެންގުމަށް އެ އިއުލާންގައި ވަނީ އެދިފައެވެ.