ކ. މާލެ
|
4 ޖޫން 2018 | ހޯމަ 19:34
ވާ ތަކެއް: ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން
ވާ ތަކެއް: ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން
އޭއެފްޕީ
ނިޕާ ވައިރަސް
ނިޕާ ވައިރަސްގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާ ހާލަތެއްގައެއް ނޫން: ކެރެލާ ސަރުކާރު
ނިޕާ ވައިރަސްގެ ސަބަބުން މިހާތަނަށް 16 މީހަކު މަރުވެފައިވޭ

އިންޑިއާގެ ކެރެލާ ސްޓޭޓުގައި މިހާރު ފެތުރެމުންދާ ނިޕާ ވައިރަސް ފެތުރޭ މިންވަރު މިހާރު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ނޫން ކަމަށާއި މިހާރު ނިޕާ ވައިރަސްގެ އާ ކޭސްތަކެއް ރިޕޯޓު ކުރެވެމުން ނުދާ ކަމަށް އޮފިޝަލުން ބުނެފިއެވެ. 

އާދީއްތަ ދުވަހު ކަމާބެހޭ އޮފިޝަލުން ބޭއްވި މަތީ ފެންވަރުގެ ރިވިއު މީޓިންއެއްގައި އޮފިޝަލުން މިކަން ހާމަކުރެއްވިއިރު، އާދީއްތަ ދުވަހުގެ ބައްދަލުވުން ޗެއާ ކުރެއްވީ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން އެވެ. 

ނިޕާ ވައިރަސް އަށް 18 މީހަކު ޕޮޒިޓިވްވެފައިވާއިރު، 16 މީހަކު މިހާތަނަށް މަރުވެފައިވެއެވެ. 

ކެރާލާގެ ކޮޒިކޯޑަކީ ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ސަރަހައްދު ކަަމަށްވާއިރު، ކެރެލާގެ އެ ސްޓޭޓުގެ ހާލަތު ހަމައަކަށް އެޅެންދެން، ތްރިވަންތަޕޫރަމް ސިޓީގެ ޑޮކްޓަރުން މޮނިޓާ ކުރަމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާ އިން ކަމަށް ވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީ ވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.



 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް