ކ. މާލެ
|
4 ޖޫން 2018 | ހޯމަ 17:48
އުތުރު ކޮރެއާގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
އުތުރު ކޮރެއާގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ
އުތުރު ކޮރެއާގެ އެންމެ އިސް އަސްކަރީ ތިން ޖެނެރަލުން މަގާމުން ވަކިކޮށްފި
އުތުރު ކޮރެއާގެ ލީޑަރު އަސްކަރިއްޔާގެ ތިން ޖެނެރަލުން މަގާމުން ވަކިކުރެއްވީ ޖޫން 12 ގައި އެމެރިކާގެ ރައީސްއާއެކު ބާއްވާ ބައްދަލުވުމާ ދިމާކޮށްކަމަށްވޭ

އުތުރު ކޮރެއާގެ އަސްކަރީ އެންމެ އިސް ތިން އޮފިޝަލުން މަގާމުން ވަކިކޮށްފިއެވެ. 

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީ އިން ރިޕޯޓު ކުރާގޮތުން އުތުރު ކޮރެއާގެ އެންމެ އިސް ތިން ޖެނެރަލުން މަގާމުން ވަކިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޖޫން 12 ގައި ބާއްވާ ބައްދަލުވުމާ ދިމާކޮށެވެ. 

މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވާގޮތުން އުތުރު ކޮރެއާގެ ލީޑަރު އެގައުމުގެ ޖެނެރަލުންތަކެއް މަގާމުން ވަކިކުރެއްވީ "ކޮރެއަން ޕީޕަލްސް އާރމީ (ކޭޕީއޭ)" ގައި އެމަނިކުފާނަށް އޮތް ކޮންޓްރޯލް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އަދި އުތުުުރު ކޮރެއާގެ ލީޑަރު ބައިނަލްއަގްވާމީ ދުނިޔެއާއި އިތުރަށް ގުޅުން ބަދަހިކުރައްވާ އިގްތިސާދީ ކުރިއެރުން ގައުމަށް ގެންނަވަން ވެސް ބޭނުންވެއެވެ. 

ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖެހުނު ބައްދަލުވުން ރައީސް ޓްރަމްޕް ދާދިފަހުން ކެންސަލް ކުރެއްވިއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ބާއްވަން ޝެޑިއުލް ކުރެވުނު ސަމިޓު ކުރިން ޝެޑިއުލް ކުރެވުނު ގޮތަށް ޖޫން 12 ގައި އޮންނާނެ ކަމަށް ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ހާމަކުރެއްވިއެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް