ކ. މާލެ
|
4 ޖޫން 2018 | ހޯމަ 17:16
މަސް މާރުކޭޓް
މަސް މާރުކޭޓް
މުހައްމަދު ޝަރުހާން
ރަމަޟާން 1439
ކަނޑުމަހުގެ އަގު އިންތިހާއަށް މައްޗަށް އަރައިފި
ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 70ރ. އަށް
ކަނޑު މަސް ލިބެން ހުރީ ވަރަށް މަދުން
ކަނޑު މަހުގެ އަގު އުފުލުނީ ކަނޑުމަސް ލިބޭ މިންވަރު މަދުވުމުން

މާރުކޭޓުގައި ލިބެން ހުރި ކަނޑު މަހުގެ އަގު އުފުލިއްޖެ އެވެ.

 މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 70ރ. އަށް ކަމަށެވެ. އާދިއްތަ ދުވަހު ކަނޑުމަހުގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ.

މަސްވިއްކާ ފަރާތްތަކުން ބުނީ މަހުގެ އަގު އުފުލިފައި ވަނީ މަސް ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ކަމަށެވެ. އާންމު ގޮތެއްގައިވެސް ރަމަޟާން މަހުގެ ފަހު ދިހައަކަށް އެރުމުން މަހަށްދާ މަސް ދޯނިފަހަރު މަދުވާ ކަމަށާއި އެހެން ކަމުން މަސް ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ. މާރުކޭޓުގައި ކަނޑުމަސް ލިބެން ހުރީވެސް ވަރަށް މަދުންނެވެ.

މާރުކޭޓުގައި ރިން މަހެއް ލިބެން ހުރީ 10ރ. އަށެވެ. މެކުނެއް ލިބެން ހުރީ 100ރ. އަށެވެ. ލަނޑާ ލިބެން ހުރީ 150ރ. އަށެވެ. މާރުކޭޓުގައި ވާލި ލިބެން ހުރީ 150ރ. އަށެވެ. މުށިމަސް ލިބެން ހުރީ 15ރ. އަށް މަހެކެވެ.

މަސް މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓުގައިވެސް ލިބެން ހުރި ދިވެހި އުފެއްދުންތައްވަނީ މަދުވެފަ އެވެ. މިކަމުގެ ސަބަބުން ފަތުގެ ބާވަތްތަކާއި މިރުހާއި ކަރާގެ އަގު ވަނީ އުފުލިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް