ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން 10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލާރޝިޕްތަކެކެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މި ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަށް ސިޓީ ޔުނިވާސިޓީގެ 5 ދާއިރާއިން ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ބެޗަލާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާރ އޮފް ކޮމްޕިއުޓާރ އެޕްލިކޭޝަން، ބެޗަލާރ އިން ބަޔޯޓެކްނޮލޮޖީ ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލަރ އޮފް ފިޒިއޮތެރަޕީއާއި މާސްޓަރ އޮފް ޓުރިޒަމް އެންޑް ޓްރެވަލް މެނޭޖްމެންޓް އެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.