ކ. މާލެ
|
4 ޖޫން 2018 | ހޯމަ 12:00
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ޓްވިޓަރ
ވައިޓްހައުސްގެ ރޯދަވީއްލުން
އެމެރިކާގެ ރައީސް ދެއްވާ ރޯދަ ވީއްލުމެއް ވައިޓްހައުސްގައި
ރޯދަ ވީއްލުން އޮންނާނީ މި ހަފްތާގައި
ދައުވަތު ދިން މީހުންގެ ލިސްޓް ވައިޓް ހައުސް އިން އާންމު ނުކުރޭ

ރަމަޟާން މަސް ފާހަގަ ކުރުމުގެ ގޮތުންނާއި މުސްލިމުންގެ އަޅުކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް ދެއްވާ ރޯދަ ވީއްލުމެއް މި ހަފްތާގައި ވައިޓްހައުސްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރޯދަ ވީއްލުން އޮންނާނީ ބުދަ ދުވަހު ކަމަށް، ރޯދަވީއްލުމާ ބެހޭ ޚަބަރު އެންމެ ފުރަތަމަ އާންމު ކުރި "ޕޮލިޓިކޯ" ނޫހުން ބުނެއެވެ. އެހެން ނަމަވެސް ރޯދަ ވީއްލުމަށް ދައުވަތު ދިން މެހްމާނުންގެ ލިސްޓް މިހާތަނަށް ވައިޓް ހައުސް އިން އާންމު ކޮށްފައެއް ނުވެއެވެ.

މިއަހަރު ރޯދަ ވީއްލުމެއް ބާއްވަން ޓްރަމްޕް ހަމަޖެއްސެވި އިރު ފާހަގަ ކޮށްލެވޭ ކަމަކީ މިދިޔަ އަހަރު ރޯދަ ވީއްލުން ބާއްވާފައި ނުވާކަމެވެ. ބިލް ކްލިންޓަންގެ ވެރިކަމުން ފެށިގެން ވައިޓް ހައުސްއިން ދަމަހައްޓަމުން އައި 20 އަހަރުވީ ޘަގާފަތް ނެތިކޮށްލުމުން ގިނަ ބައެއް ފާޑުކިޔުންތައް އެފަހަރު އަމާޒުވިއެވެ. އެހެން ނަމަވެސް މިއަހަރަކޭ އެއްފަދައިން މިދިޔަ އަހަރު ވެސް ޓްރަމްޕް ވަނީ މުސްލިމުންގެ މި އަޅުކަމާ ގުޅިގެން ތަހްނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

އެމެރިކާގައި މިހާރު ގާތްގަނޑަކަށް 3.45 މިލިއަން މުސްލިމުން ދިރިއުޅެމުން ދެއެވެ. އެއީ ގާތްގަނޑަކަށް އެމެރިކާގެ އާބާދީގެ ނިސްބަތުން އެއް ޕަސަންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް