ކ. މާލެ
|
4 ޖޫން 2018 | ހޯމަ 10:54
ތަޖުރިބާކާރުން ބުނާ ގޮތުން މިއީ 1974 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ އެންމެ ބޮޑަށް ގޮވި ފަހަރު
ތަޖުރިބާކާރުން ބުނާ ގޮތުން މިއީ 1974 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ އެންމެ ބޮޑަށް ގޮވި ފަހަރު
ފްރާންސް 24
ގުއަޓަމާލާގެ އަލިފާން ފަރުބަދަ
ގުއަޓަމާލާގެ އަލިފާން ފަރުބަދައެއް ގޮވައި 25 މީހުން މަރުވެއްޖެ
ލާވާގެ ސަބަބުން އިލް ރޮދީއޯ އަވަށުގެ ގެތައް ވަނީ ސުންނާފަތިވެފައި
ގެތަކުގައި ތިބި މީހުން އަނދައިގެން ގޮސްފައިވޭ

ގުއަޓަމާލާގެ ފުއޭޣޯ އަލިފާން ފަރުބަދަ ގޮވަން ފަށައި 25 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ވެރިރައް ގުއަޓެމާލާގެ ހުޅަނގު ދެކުނުން 40 ވަރަކަށް ކިލޯމީޓަރުގެ ދުރުގައި ހުންނަ މި ފަރުބަދައިން ދަނީ ދޮންވެފައިވާ ހިލަ ފައިބާ ކަޅުދުމާއި އަޅިތަށް އަރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީން ބުނީ ކޯރެއްހެން ފައިބައިގެންދިޔަ ލާވާގެ ސަބަބުން އިލް ރޮދީއޯ އަވަށުގެ ގެތައް ސުންނާފަތިވެ ގެތަކުގައި ތިބި މީހުން އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އަޅިއާއި ކަޅު ދުމުގެ ސަބަބުން ގުއަޓަމަލާ ސިޓީގެ ލާ އައުރޯރާ އެއަރޕޯޓް ވަނީ ބަންދުކޮށްފައެވެ.

ރައީސް ޖިމީ މޮރާލޭސް ވަނީ ނޭޝަނަލް އިމަރޖެންސީ ރެސްޕޮންސް ޓީމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ގައުމުގެ ތަޖުރިބާކާރުން ބުނާ ގޮތުން މިއީ 1974 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ އެންމެ ބޮޑަށް ގޮވި ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް