ކ. މާލެ
|
4 ޖޫން 2018 | ހޯމަ 00:38
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މުހައްމަދު ޝަރުހާން
މާރުކޭޓުގެ ތަކެތީގެ އަގު
ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި
ކަރާ ކިލޯއެއް 35ރ. އަށް އަރައިފި
ފަތުގެ ބާވަތްތަކުގެ އަގުތައް ވަނީ ބޮޑުވެފައި

ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި އެވެ.

 ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، ތަކެތީގެ އަގު ބޮޑުވެފައިވަނީ، ދިވެހި އުފެއްދުންތައް ލިބުމުގައި ދަތިވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރާ، ކުރުނބާ އަދި ފަތުގެ ބާވަތްތައް ހޯދުމަށް ދަތިވެފައިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ތަކެތި ލިބެން ހުރި އަގުތަކަށް ބަލާ އިރު ކަރާ ކިލޯއެއް ލިބެން ހުރީ، 30ރ. އާއި 35ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިރުސް އުޅެނީ 40ރ. އަށް 100 ގްރާމެވެ. ފަޅޯ ކިލޯއެއް  30ރ. ލިބެން ހުރީ އިރު އަންނާރު ކިލޯއެއް ލިބެން ހުރީ 85ރ. އަށެވެ.  ލެޓިއުސް ކިލޯއެއް 280ރ. އަށް  ލިބެން ހުރި އިރު ދޮންކެޔޮ ވަކެއް އުޅުނީ، 4ރ. އަށެވެ.

ބަށި އަދި ކިއުކަންބާ ކިލޯއެއް 35ރ. އަށް ލިބެން ހުރި އިރު އަނބު ލިބެން ހުރީ 65ރ. އަށް ކިލޯ އެކެވެ. ބީޓްރޫޓް ކިލޯއެއް 45ރ. އަށް ލިބެން ހުރި އިރު ކެރެޓް ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. މީގެ އިތުރުން ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 45ރ. އަށެވެ. ލެޑީސް ފިންގަރ ކިލޯއެއް 35ރ. އަށް ކިލޯ އެކެވެ. ފޭރު ކިލޯއެއް 30ރ. އަށް ލިބެން ހުރި އިރު ބަނބުކޭލެއް ލިބެން ހުރީ 50ރ. އަށެވެ.

 މީގެ އިތުރުން މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގުވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. ރަމަޟާން މަސް ފެށުނު އިރު ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 40ރ. އަށެވެ. މަހުގެ އަގުވެސް އުފުލިފައިވަނީ މިދުވަސްވަރު މަސްވެރިކަން ދައްވުމުން ކަމަށް މަސްވިއްކާ ފަރާތްތަކުން ބުނެ އެވެ.

 

- ކޮމެންޓް