ދީނީ ނަސޭހަތް ދިނުން ވަގުތީ ގޮތުން ހިފަހައްޓާފައިވާ ޝެއިޚް އަލީ ޒައިދުގެ ހުއްދަ އަލުން ދިނުމަށާއި ސަސްޕެންޝަން އުވާލުމަށް އިސްލާމިކް މިނިސްޓްރީގައި އޭނާ އެދިވަޑައިގެންފިއެވެ،
ޝެއިޚް ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޝްވަރާތަަކަށްފަހު ސަސްޕެންޝަން އުވާލުމަށް އެދި ސިޓީއެއް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން ބުރާސްފަތި ދުވަހު އެ މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެކަމަށެވެ.
ސަސްޕެންޝަން އުވާލާނީ ސިޓީއަކުން އެދުމުން ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށާއި މާތްﷲ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ ކަމަށް ޒައިދު ޓްވީޓު ކުރައްވާފައިވެއެވެ.
Massalaige Update...
— Sheikh Ali Zaid (@alizaid1000) May 31, 2018
Mashwaraa thakah fahu Alhugandu kairy ministry in edhunee sitee eh laan suspension uvaalumah edhi. Iyye vaanee alhugandu e sitee laafa. Eyrun suspension uvaala dhehvaane kamah. Allah dheragotheh medhuverieh nukurahvaane Insha Allah.
ޝެއިހް ޒައިދުގެ ދީނީ ނަސޭހަތް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވާފައި ވަނީ ޒައިދާ ގުޅޭ މައްސަލަތަކެއް މިނިސްޓްރީން ބަލަމުންދާތީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލަތަކެއް ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޝެއިޚު ޒައިދަކީ ރާއްޖޭގައި ހުރި ތަފާތު މައްސަލަތަކާ ބެހޭ ގޮތުން އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ސޯޝަލް މީޑިއާިގައި ހާމަކުރައްވަމުންދާ ޝެއިހެކެވެ.
ޝެއިޚް ޒައިދުގެ ސަސްޕެންޝަން އުވާލުމަށް އެދި ފޮނުވާފައިވާ ސިޓީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ސަސްޕެންޝަން އުވާލިކަމެއް ބުނެފައެއް ނުވެއެވެ.