މާފުށީ ޖަލުގައި ގައިދީއަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަޙްމަދު ލުގްމާން ރާއްޖެއެމްވީއަށް ވިދާޅުވީ 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންއަންނަ އުމުރުން 30 އަހަރުގެ ޒުވާނަކު މަރުވެފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގ.ފެހިމާގޭ އަލީ އަބްދުﷲ އެވެ.
އެމީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހެއްކަމަށާއި 25 އަހަރުގެ ތެރެއިން މިހާތަނަށް ހުކުމުގެ 6 އަހަރާއި 8 މަސް އޭނާ ފުރިހަމަ ކޮށްފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ އައިޖީއެމްއެޗްގައި ކަމަށް ލުގުމާން ވިދާޅުވިއެވެ. އެމީހާ މަރުވި ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ.