ދެކުނުގެ އަތޮޅުތަަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ(މެޓް އޮފީހުން) ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:30 ން ފެށިގެން ހެނދުނު 07:30 ށް ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
އެލާޓްގައި ބުނެފައިވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް އާއްމުކޮށް 23 މޭލާއި 29 މޭލާއި ދެމެދަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.