ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:53
ލެޓިއުސް
ލެޓިއުސް
މުހައްމަދު ޝަރުހާން
ލޯކަލް މާރުކޭޓުގެ އަގުތައް
ލެޓިއުސް ކިލޯއެއް 250ރ އަށް!
ފަތުގެ ބާވަތްތައް ލިބުން ދަތި
ރޯދަ މަހު ގިނަ ގެތަކުގައި ފަތުގެ ބާވަތްތައް ބޭނުންކުރޭ

ލެޓިއުސް ކިލޯގެ އަގު ބާޒާރުގައި 250 ރުފިޔާއަށް އުފުލިއްޖެއެވެ.

ލޯކަލް މާރުކޭޓުގައި އެއްޗެހި ވިއްކާ ފަރާތްތަކުން ބުނީ ފަތުގެ ބާވަތްތައް ލިބުމަށް ދަތިވެފައިވާ ކަމަށާއި އެގޮތުން ކުއްޅަފިލާ ފަތް އެއްގޮތަކަށް ވެސް ނުލިބޭ ކަމަށެވެ.

މިދިޔަ ހަފްތާގެ ބަދަ ދުވަހު ލެޓިއުސް ކިލޯއެއް ވިއްކަން ހުރީ 50ރ އަށް ކިލޯއެކެވެ.

މާރުކޭޓުގައި ކޮޕީ ފަތް ތަދު އެއްޗަކަށްވެފައިވާއިރު 3 ފަތް ވިއްކަން ހުރީ 30 ރުފިޔާ އަށެވެ.

އާންމު ގޮތެއްގައި ރޯދަ މަހު ގިނަ ގެތަކުގައި ފަތު ސަޓަނި ހެދުމަށާއި ކޮޕީ ފަތް މަސްހުނި ހެދުމަށް ކޮޕީ ފަތް ބޭނުންކުރެއެވެ.   

ކުރިއަށް އޮތް ދުވަސްތަކުގައި މާރުކޭޓުގައި ވިއްކަން ހުރި ހުރިހާ އެއްޗެހީގެ އަގު އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާރުކޭޓުގައި އެންމެ މަދުން ވިކޭ އެއްޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރީދޫ ކަރަ އާއި ބީޓް ރޫޓެވެ.

މިދިޔަ އަހަރު މާރުކޭޓުގައި ސްޓްރޯބެރީ ލިބެން ހުރިއިރު ނަމަވެސް މި އަހަރު އެއްވެސް ގޮތަކަށް ސްޓްރޯބެރީ ލިބޭކަށް ނެތެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނީ އެއްވެސް ގޮތަކަށް ސްޓްރޯބެރީ ނުލިބޭ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް