ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:14
ކެޕްސިކަމް
ކެޕްސިކަމް
މުހައްމަދު ޝަރުހާން
ލޯކަލް މާރުކޭޓުގެ އަގުތައް
ކެޕްސިކަމް ކިލޯގެ އަގު 80ރ އަށް އުފުލިއްޖެ
ކަރާ އާއި ލުނބޯގެ އަގު ވެސް ބޮޑު

ލޯކަލް މާރުކޭޓުގައި ކެޕްސިކަމް ކިލޯއެއްގެ އަގު 80ރ އަށް އުފުލިއްޖެއެވެ.

މާރުކޭޓުގައި އެއްޗެހި ވިއްކާ ފަރާތްތަކުން ބުނީ ބުރާސްފަތި ދުވަހު އެއްޗެހި ލިބުމަށް ދަތިވުމާއި ގުޅިގެން މައިގަނޑު ގޮތެއްގައި ހުރިހާ އެއްޗެއްގެ އަގު ވެސް އުފުލިފައިވާ ކަމަށެވެ.

"ރަށްރަށުން ބުނީ ކުއްލިއަކަށް އެއްޗެހި މަދުވީއޭ އެހެންވެގެން އަސްލު އެއްޗެހި ނައީ. އެއްޗެހި މަދުވުމުގެ ސަބަބުން އެއްޗެހި ނައިސްގެން އުޅެނީ" ވިޔަފާރިވެރިޔަކު ބުންޏެވެ.

އެގޮތުން ކަރާ ކިލޯއެއް ކުރިން 25ރ އަށް ހުރިއިރު ބުރާސްފަތި ދުވަހު ކަރާ ކިލޯއެއް ވިއްކަން ހުރީ 30ރ އަށް ކިލޯއެކެވެ. ހަފްތާއެއް ކުރިން ލުނބޯ ކިލޯއެއް ވިއްކަން ހުރީ 45ރ އަށެވެ. އެހެން ނަމަވެސް މިހާރު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 50 ރ އާއި 65ރ ދެމެދުގައެވެ.

މީގެ އިތުރުން ޕެޝަންފުރުޓް އާއި ފޭރު ކިލޯއެއް ލިބެންހުރީ 70ރ އަށެވެ.

މާރުކޭޓުގައި ފަތުގެ ބާވަތްތައް ލިބުން ވަނީ ދަތިފައެވެ. އެގޮތުން ކުއްޅަފިލާ ފަތް އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް އެއްޗެހި ވިއްކާ ފަރާތްތަކުން ބުންޏެވެ.

ކުރިއަށް އޮތް ތާނގައި ވެސް ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް