ފިނޑިކަން މުޅި މީޑިއާއަށް އަމާޒު ކުރެވުނީ ގޯހުން ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މީޑިއާތަކަށް ބިރު ދައްކާ އަދި މީޑިއާތަކުގެވެސް ފިނޑިކަމުން އެމަނިކުފާނުގެ ވާހަކަފުޅު ނުގެނެވުނު ކަމަށް ވިދާޅުވެ ޓްވީޓު ކުރެއްވުމުން ފާޑުކިޔުންތައް އަމާޒު ވެފައިވަނިކޮށެވެ.
އެމަނިކުފާނުގެ ޓްވީޓާއި ގުޅިގެން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވަނީ ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ހާސިލްނުވާތީ ދިވެހި މީޑިއާ ތަކުގެ ބޮލުގައި ފިނޑި ކަމުގެ އިލްޒާމް އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ގައުމީ މަސްލަހަތުގައި ރައްޔިތުންގެ ހައްގުގައި މީޑިއާތަކުން ވަކިން ބޮޑަށް ނޫސްވެރިން ބޮޑެތި ގުރުބާނީ ތަކެއްވާކަމަށެވެ.
Varah ihuthiraamaaeku Raees,
— Ali Nazeer (@alynazeer) May 30, 2018
Emeehaku beynunvaakomme kameh haasilunuvaathee dhivehi media thakakuge bolugai findi kamuge ilzam elhuvumakee insaafuveri gothehnoon.
Qaumi maslahathugai, rayyithunge haqqugai media thakun, vakin bodah noosverin bodethi qurubani thakeh vey! https://t.co/fygnSCOsWg
ޝިޔާނާ ކިޔާ މީހަކު އެޓްވީޓަށް ރައްދު ދެމުން ބުނެފައިވަނީ މީޑިއާތައް ފިނޑި ކަމުންނޭ ރައީސް ވިދާޅުވި ބަސްފުޅަށް މާފަށް އެދިވަޑައިގަންނަވަން ފެންނަ ކަމަށެވެ. ރާއްޖެ ޓީވީގައި ތިބީ ފިނޑި ބައެއް ނޫން ކަމަށާއި އެ ބަސްފުޅަކީ ނޫސްވެރިންގެ ހިތްވަރަށް އަމާޒުވާ ބަސްފުޅެއް ކަމަށެވެ.
alhugandah feney media tha findi kamuney raees vidhaalhuvi basfulha maafa edhivadaigannavan.haasakoh @Raajje_tv gai thibee findi baye noon.thi basfulhakee e noosveringe hiyvarah bunevey kudaimees baheh.
— raadhafathi (@shiyana13) May 30, 2018
ރައީސް ނަޝީދު އެހެން ވިދާޅުވި އިރު ހޯމް މިނިސްޓްރީން އިއްޔެ ވަނީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޕްރޮމޯޓު ކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައެވެ.
ޝަރުޢީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައި ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ސާކިއުލާއެއް ނެރެފައެވެ.