މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ 138 ރަށެއްގައި ހިންގިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މިހާރު ސްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ 115 ރަށެއްގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ދޮރުން ދޮރަށް ކެމްޕޭން ހިންގާފައިވާ ކަމަށްވެ.
79 ރަށަކަށް ކެމްޕޭން ޓީމުތައް ޒިޔާރަތްކޮށްފައިވާއިރު އަށް ރަށެއްގައި ޖަލްސާ ބާއްވަފައިވާ ކަމަށް އަސްލަމް ވިިދާޅުވިއެވެ.
މި ކެމްޕޭން ހަރަކާތްތައް ނިންމުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި އަންގާރަ ދުވަހުގެރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އަސްލަމް ވިދާޅުވީ ކެމްޕޭން ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވަނީ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު އެހީތެރި ކަމާއި އެކުގައި ކަމަށެވެ.