ކ. މާލެ
|
28 މެއި 2018 | ހޯމަ 22:14
ދެކޮރެއާގެ ވެރިން އޭޕްރީލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދެކޮރެއާގެ ވެރިން އޭޕްރީލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސްކައި ނިއުސް
އުތުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވޭ: ދެކުނު ކޮރެއާގެ ރައީސް
ދެކޮރެއާގެ ވެރިން ދިހަ އަހަރަށް ފަހު ބޭއްވި ފުރަތަމަ، ތާރީޚީ ބައްދަލުވުން ވަނީ މިދިޔަ އޭޕްރީލްގައި ބާއްވާފައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން މިއަންނަ ޖޫން މަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ އެ ބައްދަލުވުން ކެންސަލްކުރައްވާފައެވެ. ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ވަނީ އުތުުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ބައްދަލުވުމުގައި ދެގައުމުގެ ވެރިން ވެސް އެއްބަސްވެވަޑައިގަތީ އުތުުރު ކޮރެއާގެ ލީޑަރާއި އެމެރިކާ ރައީސްގެ ބައްދަލުވުމަކީ އޮންނަން ޖެހޭނެ މުހިންމު ބައްދަލުވުމެއް ކަމަށެވެ. 

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވާ ކަމަށް ވިދާޅުވިއިރު، މިދިޔަ އޭޕްރީލް މަހު ފަހުކޮޅު އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ވެރިއަކު ބޭއްވި ފުރަތަމަ ބައްދަލުވުން ވަނީ ބައްވަވާފައެވެ. 

މޫން ޖެއި އިން އެމަނިކުފާނުުގެ އިސް ސެކްރެޓަރީންނަށް ހޯމަ ދުވަހު ވިދާޅުވި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އޭޕްރީލްގައި ދެކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު، ހާސިލުވި އެންމެ މުހިންމު އެއް ކަމަަކީ ދެގައުމުގެ ވެރިންނަށް ވެސް މާ އުނދަގޫ އުސޫލުތަކެއް ނެތި ނުރަސްމީ ބައްދަލުވުމެއް ބާއްވާ ފަދައިން ބައްދަލުވުމަކަށް އެޕޮއިންޓްމަންޓް ހަދައި، ކަންކަމާ މަޝްވަރާ ކުރެވޭނެ ގޮތްވެފައިވުން ކަަމަށެވެ. އަދި ރަސްމީ ބައްދަލުވުންތަކުގެ އިތުރަށް ދެގައުމުގެ ވެރިން ބައްދަލުވުންތައް ބާއްވާ ނަމަ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ. 

ރައީސް މޫން ޖެއި އިން މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް ވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. 

ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ". ރައީސް ޓްރަމްޕްގެ ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއްކަން ހާމަނުކުރައްވައެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް