ގެސްޓުން ގޮވައިގެން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
ހޯމަ ދުވަހު މެންދުރު 1:00 ހާއިރު ހިނގި މި ހާދިސާގެ މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި ގއ. އަތޮޅުގައި އޮންނަ ދަ ރެސިޑެންސް މޯލްޑިވްސް އިން ފުރައިގެން އެ އަތޮޅު އޮޑެގައްލާއަށް ޕިކްނިކް ދިޔަ ލޯންޗް ބަންޑުންޖަހާލީ އެ ދެރަށް ދޭތެރެއަށް ކަމަށެވެ.
ހާދިސާ ހިނގިއިރު ދެ ގެސްޓުން ލައިފް ޖެކެޓް އަޅާފައި ހުރުމުން ގެއްލުން ނުލިބޭ ކަމަށާއި އެހެން ނަމަވެސް ލޯންޗުގެ ފަޅުވެރިއަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް ބޯޓްގެ ކައްޕިއަށް އަނިޔާ ލިބުނު ކަމަށްވެ އެވެ.
ނަމަވެސް ކަނޑު ގަދަވެގެން ކައްޕި، ވިލިނގިލީ ހޮސްޕިޓަލަށް ނުގެންދެވުނު ކަމަށާއި ލޯންޗެއްގައި އެ މީހުން އަނބުރައި ރިސޯޓަށް ގެނެސްފައިވާ ކަމަށްވެ އެވެ.
މި ހާދިސާގައި ބަންޑުންޖެހި ލޯންޗު ވަނީ ގެއްލިފައި ކަމަށް މައުލޫމާތު ލިބެއެވެ. ކައްޕިއަށް އެއަތޮޅު ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ގެންދެވޭނެ ގޮތެއް ނެތްކަމަށާއި ކަނޑު ވަރަށް ގަދަކަމަށް ވެސް އެމީހާ ރާއްޖެއެމްވީއަށް ކިޔައިދިނެވެ.
މިހާދިސާއާއި ގުޅޭ މައުލޫމާތު ހޯދާލުމަށް އެމްއެންޑީއެފަށް ގުޅާލުމުން ބުނީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.