އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހަށް ޚާއްސަކޮށްގެން ބާއްވާ ދީނީ ސުވާލު މުބާރާތުގެ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ މީހުންނާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ މުއައްސަސާތަކާއި ކޮލެޖް ޔުނިވާރސިޓީތަކަށް އަމާޒުކޮށް މިރަމަޟާންމަހުގެ ފަހު 15 ގައި ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިމުބާރާތުގެ މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ދީނީ އަދި ގައުމީ ލޯބި އިތުރުކޮށް އިސްލާމީ ތާރީހާ ހަޟާރަތާއި ފިގުހީ މައުލޫމާތު މުއްސަންދި ކުރުމަށް ބާރު އެޅުން ކަމަށެވެ.
މި މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ރަޖިސްޓްރޭޝަން ފޯމް އަދި މުބާރާތުގެ އުސޫލު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.