އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފަކީ ރައީސް ޔާމީންގެ އަޅެއް ކަން ނޭނގޭ ފަނިފަކުސާއެއްވެސް މި ގައުމުގައި ނެތް ކަމަށާއި، އިތުރަށް ޑްރާމާ އާ ޗަރުކޭސް ކުޅެން ނޫޅުއްވުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، ޝަރީފަށް ގޮވާލައްވައިފިއެވެ.
ޝަރީފަށް އަމާޒު ކުރައްވާ މުސްތަފާ މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ދިނީ ރަނގަޅަށްތޯ އިލެކްޝަން ކޮމިޝަނުން ބަލާ ވާހަކަ އެ ކޮމިޝަނުން ހާމަ ކުރުމުންނެވެ.
ރައީސް އަބްދު ﷲ ޔާމީނަށް ޕްރައިމަރީ އަކާ ނުލާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް އެ ޕާޓީގެ ކައުންސިލް އިން ނިންމުމުން އެކަމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މިކަން މިހެން އޮތް ނަމަވެސް ރައީސް ޔާމީން އާ ދެކޮޅަށް އެއްވެސް ކަމެއް ނިންމަން ކެރޭވަރުގެ މިނިވަން ކަމެއް ހުރި މުއައްސަސާއެއް ރާއްޖޭގައި ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޕީޕީއެމްގެ ބާނީ އަދި އެ ޕާޓީގެ ރައީސް މައުމޫނުގެ އަތްޕުޅުން ކޯޓު މެދުވެރިކޮށް ޕާޓީ އަތުލައްވާ ޕާޓީގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން އާއި އެމަނިކުފާނާ އަރިސް ބޭފުޅުންނެވެ. އެގޮތުން ޕާޓީގެ ކައުންސިލްވެސް ކޮންޓްރޯލް ކުރައްވަނީ ރައީސް ޔާމީންއެވެ.
މިނިވަން ކަމެއް، މުސްތަގިއްލު ކަމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ސިފަ ކުރަމުން އަންނަ އިލެކްޝަން ކޮމިޝަންގެ ރައީސަށް އަމާޒު ކުރައްވާ މުސްތަފާ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗަރުކޭސް ކުޅުން ހުއްޓާލެއްވެ.
އިލެކްޝަންސް ކޮމިޝަނުން އިތިޚާބުގެ ތައްޔާރީތައް ހާމަ ކުރަމުންދާ އިރު ރާއްޖޭގެ އެއްވެސް އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ބޮޑު ޖަލު ހުކުމެއްގައި ނޫން ގޮތަކަށް ނެތްކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވެނެތޯ ވެސް ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މުސްތަފާގެ ޓްވީޓްގައި ވިދާޅުވީ، އިންތިޚާބަކުން ރައީސް ޔާމީނަށް ކާމިޔާބު ނުވާނެ ކަމަށާއި، 2018 ގައި އިންތިޚާބެއް ނުވެސް އޮންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަކީ ރައީސް ޔާމީންގެ އަޅެއް ކަމަށް މުސްތަފާގެ ޓްވީޓްގައި ވިދާޅުވިއިރު ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ބުނަމުން އައިސްފައިވަނީ ޝަރީފް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ވެސް ނުފޫޒްގެ ބޭނުން ހިފާ ގާނޫނީ އުސޫލުން ބޭރުން ކަމުގައެވެ.
EC- Shareef aky RY ge Alheh kan neygey fanifahusaa eh ves mi gaumaku neh, Ithurah kon drama eh kon charukeyheh kulhen!
— Mohamed Musthafa (@Thimarafushi) May 27, 2018
Ramaluge viya jahaagenves 2018 RY ah nulibey kan ingihjje! 2018 ga inthihaabeh ves noanaane! Charkeys kulhun huhtaala! pic.twitter.com/4ZCeIpFYzi