ކ. މާލެ
|
27 މެއި 2018 | އާދީއްތަ 12:46
ސެމްސަންގް ކުންފުނީގެ ފޯނެއް ހިފަހައްޓައިގެން ހުރި މީހަކު
ސެމްސަންގް ކުންފުނީގެ ފޯނެއް ހިފަހައްޓައިގެން ހުރި މީހަކު
އޭއެފްޕީ
ސެމްސަންގް އަދި އެޕަލް
ސެމްސަންގްއިން އެޕަލްއަށް 539 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
މިއީ 2011 ވަނަ އަހަރު އެޕަލް ކުންފުނިން ހުށަހެޅި މައްސަލައެއް

ސައުތު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް  ކުންފުނިން 539 މިލިއަން އެމެރިކާ ޑޮލަރު(430 މިލިއަން ޕައުންޑް) އެޕަލް ކުންފުންޏަށް ދިނުމަށް ކެލިފޯނިއާގެ ފެޑެރަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެމެރިކާގެ ކޯޓުން ސައުތު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް ކުންފުންޏަށް 539 މިލިއަން ރުފިޔާ ދޭން އަމުރު ކޮށްފައިވަނީ ސެމްސަންގް ފޯނުތަކުން އެޕަލްގެ ފީޗާތައް ކޮޕީކުރިކަން ސާބިތު ވުމުންނެވެ.

މިމައްސަލައަކީ 2011 ވަނަ އަހަރު އެޕަލް ކުންފުނިން ސެމްސަންގާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައެކެވެ. ގާތްގަނޑަކަށް ހަތްއަހަރު ދުވަހަށް ދިގު ދެމިގެންދިޔަ މި މައްސަލާގައި އެޕަލްއިން ދައުވާ ކޮށްފައިވަނީ އައިފޯނުގެ ޑިޒައިން ކޮޕީކޮށްފައިވާތީ 2.5 ބިލިއަން ޑޮލަރު ހޯދުމަށެވެ. އެހެން ނަމަވެސް ކޯޓުން އަމުރު ކުރީ އެ ފައިސާގެ އެއްބައި ކަމަށްވާ 539 މިލިއަން ޑޮލަރު ދިނުމަށެވެ.

މިމައްސަލައާއި ގުޅިގެން އެޕަލް ކުންފުނިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ސެމްސަންގް އިން އެކުންފުނީގެ ޕްރޮޑަކްޓްތައް ކޮޕީ ކުރުމުން އޭގެ އަގު ދައްކަންޖެހޭކަން ގަބޫލު ކުރާކަމަށާއި މި މައްސަލައަކީ ފައިސާއަށްވުރެވެސް މުހިއްމު މައްސަލައެއްކަމަށެވެ. އަދި އެއީ އެކުންފުނީގެ ތަފާތު ޑިޒައިންތައްކަމަށާއި އެއީ އެކުންފުނީގެ ބުރަ މަސައްކަތްކަމަށެވެ. ސެމްސަންގް އިން އެޕަލްގެ ފޯނުތަކުން  ކޮޕީކޮށްފައިވާ ފީޒާތަކުގެ ތެރޭގައި އެޕަލްގެ އައިއޯއެސްގެ ހޯމް ސްކްރީނުގެ އެޕްތައް ހުންނަ ގްރިޑް ލޭއައުޓާއި އެޕަލްގެ ފޯނުތަކުގައި ހުންނަ ވަށްކަންތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 މެއި 2018 | އާދީއްތަ 08:01
ނުބައިހާނު
ދެން ހަތަރެސް ކަނާއި ވަށްބުރަކީ ކޮން ބައެއްގެ އެއްޗެއްބާ؟