ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ ހުޅުމާލެ ހޮސްޕިޓަލްގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލެ ހޮސްޕިޓަލްގައި ފުލޫ ކްލިނިކެއް ގާއިމްކުރީ، މިދުވަސްވަރަކީ ޑެންގީއާ ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ.
ރޯގާއާ ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން ގިނަކަން ފާހަގަކޮށް އާސަންދައިން ބުނީ ފްލޫ ކްލިނިކް ވެގެންދާނީ ބަލިވެގެން ޑޮކްޓަރަށް ދައްކަންދާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ. އަދި ހޮސްޕިޓަލަށް އެހެން ޚިދުމަތް ހޯދުމަށްދާ އެހެން މީހުންނަށް ވެސް ފަސޭހަވާނެ ކަމަށާއި، އެއީ ރައްކާތެރި ގޮތް ކަމަށް ވެސް އާސަންދައިން ބުންޏެވެ.
އާސަންދަ ކުންފުނިން ބުނީ އެ ކްލިނިކުން ދުވާލަކު 16 ގަޑިއިރު ހުޅުވައި އާންމުންނަށް ޚިދުމަތްދޭނެ ކަމަށާއި، ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 8 އަކުން މެންދަމު 12 އަށް ކަމަށެވެ.
މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީއާ ރޯގާ ފެތުރެމުންދާތީ އޭޑީކޭއިން ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. އަދި ކޮންމެހެން ދާންޖެހިގެން ނޫނީ އައިޖީއެމްއެޗްއަށް ވެސް ނުދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.