ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަށް ޚަރަދު ވަނީ 198 މިލއަން ޑޮލަރު ކަމަށާއި އޭގެތެރެއިން 113 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުބާއީގެ 13 ކިލޯ މީޓަރގެ ސިންދަގަ ކޮރިޑޯ އަށް 1.36 ބިލިއަން ޚަރަދު ވާއިރު މި މަޝްރޫއުގެ ބައެއް ކަމުގައިވާ ސިންދަގަ ބްރިޖްގެ ދިގުމިނަކީ 295 މީޓަރ ކަމަށާއި އަދި 295 މީޓަރ އަށް 107 މިލިއަން ޚަރަދުވާކަމަށެވެ. އެހެން ނަމަވެސް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ދިގުމިނަކީ 1.39 ކިލޯމީޓަރ އަދި ޚަރަދުވަނީ 198 މިލިއަންޑޮލަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެއާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) ގެ ޑެކް މާލެކޮޅުން ބްރިޖްގެ މައި ތަނބާ ހަމައަށް މިމަހުގެ ފަހުކޮޅު ގުޅާލާ ނިމޭނެކަމަށެވެ.
ބްރިޖްގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާކަމަށް ވެސް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެއެވެ.
ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް މުއިއްޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.