ކ. މާލެ
|
25 މެއި 2018 | ހުކުރު 08:04
ދިރާގުޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ
ދިރާގުޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ
ދިރާގު
ދިރާގުޓީވީ
ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!
ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ

މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ފަސޭހަކަމާއެކު ބޭނުން ތާކު، ބޭނުން ވަގުތަކު މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ފުރުސަތު އޮންނާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ބުނެފިއެވެ. 

 ދިރާގު ޓީވީ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއަކާއި ނުލައި ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވީހިނދު ޗެމްޕިއަންސް ލީގަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގެވެ. އެހެން ކަމުން ދިރާގު ޓީވީ އެޕުން މިފަހަރުގެ ޗެމްޕިއަންސް ލީގް ފައިންލް މެޗް ފަސޭހަކަމާއެކު ބަލާލެވޭނެ މަގު ދިރާގުން ވަނީ ފަހިކޮށްފައެވެ. ގޭގެ ޓިވީގައި އެހެން އެއްޗެއް ބަލަމުން ދިޔަ ކަމުގައިވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނު ކަމުގައިވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ. އެގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެތާކު ހުރިކަމުގައިވިޔަސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. މިގޮތުން ރާއްޖެއިންބޭރުގައި އުޅުއްވާ ފަރާތްތަކާއި، ދިރާގު ޓީވީ ޚިދުމަތް ބައްލަވާގެންފައިނުވާ ފަރާތްތަކަށް ދިރާގު ޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް "play" ޖެއްސެވުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލާލެވޭނެއެވެ.

ދިރާގު ޓީވީ އަކީ އައިޕީޓީވީ ހިދުމަތެއްކަމުން ރާއްޖޭގެ ކޮންމެތާކު ހުރެގެންވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއްގައި ދިރާގުޓީވީ އެޕް ބޭނުންކުރުމުން އިތުރު އެއްވެސް އިންޓަނެޓް ހަރަދެއް ނުހިނގާނެއެވެ. އަދި މީގެ އިތުރުން ގޭގެ އިންޓަނެޓް ޕެކޭޖަށް ކަނޑައެޅިފައިވާ ޔޫސޭޖް އެލަވަންސް އަށްވެސް އަސަރެއްނުކުރާނެއެވެ. އެހެންކަމުން ގޭގައި ވައިފައި މެދުވެރިކޮށް މޯބައިލް ޑިވައިސުން ޓީވީ ކިތަންމެ ވަރަކަށްވެސް ބަލާލެވޭނެއެވެ. ހަމައެއާއެކު، މޯބައިލް ޑޭޓާ މެދުވެރިކޮށްވެސް ދިރާގު ޓީވީ އެޕް ބޭނުންކުރެވޭނެއެވެ.

ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް