ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 19:57
ދަނޑިއަލުވި
ދަނޑިއަލުވި
ސިމާހާ ނަސީމް
ލޯކަލް މާރުކޭޓު
ރޯދަ މަހު އެންމެ ޑިމާންޑް ބޮޑީ ކަރާ އަދި ދަނޑިއަލުވި އަށް!
މީހުން ވަރަށް ކަރާ ގަނޭ
ލުނބޯގެ އަގު އުފުލިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައި

ރޯދަ މަހު މީހުންގެ ޑިމާންޑް އެންމެ ބޮޑީ ކަރާ އަދި ދަނޑިއަލުވިއަށެވެ.

ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ މީހުން ވަރަށް ގިނައިން ކަރާ އަދި ދަނޑިއަލުވި ގަންނަ ކަމަށެވެ.

"މި ރޯދަ މަހު އެންމެ ގިނައިން ވިކެނީ ކަރާ އާއި ދަނޑިއަލުވި. އެއީ މީހުން އެންމެ ގިނައިން ބޭނުންކުރާ އެއްޗަކީ މިފަހަރު" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

އެހެން އަހަރުތަކާއި އަޅާބަލާއިރު މިފަހަރު ވިޔަފާރި އެހާ ރަނގަޅު ނޫން ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

"ކުރީ އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ވަރަށް ދަށްކޮށް ވިޔަފާރި ދަނީ" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ބާވަތް

އަގު

ކަރާ

20ރ އަށް ކިލޯ

ލެޓިއުސް

180ރ އަށް ކިލޯ

ފަޅޯ

30ރ އަށް ކިލޯ

އަނބު

60ރ އަށް ކިލޯ

އަންނާރު

80ރ އަށް ކިލޯ

މިރުސް

400ރ އަށް ކިލޯ

ދޮންކެޔޮ

5ރ އަށް ވަކެއް

ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ލުނބޯ ލިބުމަށް ދަތިވުމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ލުނބޯގެ އަގު އުފުލިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް