ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 15:47
އެފްއެސްއެމް ޕެޓްރޯލް ޝެޑް - އެސްޓީއޯގެ މައި އޮފީސް - އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައި
އެފްއެސްއެމް ޕެޓްރޯލް ޝެޑް - އެސްޓީއޯގެ މައި އޮފީސް - އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
ތެޔޮ ވިއްކާ އަގު ބޮޑުކުރުން
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި
ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.13ރ އަށް
ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.77ރ އަށް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން އާންމު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ތެލުގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ކަމަށެވެ.

އަގު ބޮޑުކުރުމަށް ނިންމާފައިވަނީ ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރިއެވެ. އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.13ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.77ރ އަށެވެ.

އެސްޓީއޯ އިން ވަނީ މީގެ ތިން ހަފްތާ ކުރިން ކޮންމެ ޑީސަލް ލީޓަރަކުން 31 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑު ކޮށްފައިވެ އެވެ.

- ކޮމެންޓް