އިނގިރޭސި ފުޓްބޯޅަ ލީގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗް 0-2 ގެ ނަތީޖާއަކުން މަންޗެސްޓަރ ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސި ފުޓްބޯޅަ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގްގައި މަންޗެސްޓަރ ޔުނައިޓެޑް އާއި ހަލް ސިޓީ ވާދަ ކުރި މެޗްގައި ދެޓީމުންވެސް މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައިވަނީ ޔުނައިޓެޑުންނެވެ.
އެގޮތުން ހަލް ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑުން ދީފައި ވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ 56 ވަނަ މިނެޓްގައި މިޑްފީލްޑާރ ހުއަން މާޓާ އެވެ.
މެޗްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 87 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަރުއާން ފެލައިނީ އެވެ.
އިނިގިރޭސި ޕްރިމިއަރ ލީގްގައި ދެން ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ޔުނައިޓެޑް ނިކުންނާނީ ލިވަޕޫލާ ދެކޮޅާށެވެ.
ހުއަން މާޓާ އާއި މަރުއާން ފެލައިނީގެ ލަނޑުތަކާއެކު ތަށި ދިފާޢު ކުރުމަށް އިތުރަށް މަގުފަހި ވެގެން ދާނެ ކަމަށް މި ސީޒަންގައި ޔުނައިޓެޑަށް ކޯޗުކޮށްދެމުން އަންނަ ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ސައުތެމްޓަން ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ.
ސެމީ ފައިންލްގެ ދެވަނަ ލެގުގެ މެ މެޗުތައް ފެށުމަށް ހަމަޖެހިފައިނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.