ސިޔާސީ ނުފޫޒު ފޯރާފައިވާ އަދި ސިޔާސީ ގޮތުން ކޮންޓްރޯލް ކުރާ ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ދިވެހި ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ބައިވެރިނުވެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ހޫގޯ ސްވަޔާ ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވާ އެންމެން ބައިނަލްއަގްވާމީ މުޖުތަމައު އިން ފާހަނގަކޮށް ލަދުގަންނަވާލަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ރާއްޖޭގެ ހާލަތަށް އެކަށީގެންވާ ރައްދެއް ނުދޭ ކަމަށާއި، މިހާރުން މިހާރަށް ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ސްވަޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Politically controlled #Maldives Election Commission attempting to freeze out Opposition parties prior to election. Time for the International community to name and shame all those guilty. More robust action desperately needed. Reaction to date has been limp. 1/2
— Hugo Swire (@HugoSwire) May 23, 2018
ސްވަޔާ އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ އެކި މަޝްހޫރު ފަރާތްތަކާއި އަދި ފަތުރުވެރިން ރާއްޖެ ބޯއިކޮޓް ކުރަން ޖެހިއްޖެ ހާލަތަކަށް ރާއްޖެ އަންނަމުންދާ ކަމަށާއި، މިއީ މިހާރު ވިސްނުން އައުލާކަންބޮޑު ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީގެން އެމްޑީޕީ އިން ބާއްވާ ރިޔާސީ ޕްރައިމަރީ ބަލައިނުގަނެ، އެ ޕާޓީ އުވާލަން ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.