މި އަހަރުގެ ފާއިތުވެދިޔަ ހަތަރު މަހު ޕެންޝަނުގެ ގޮތުގައި 146 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި ޕެޝަންގެ ގޮތުގައި 146 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެންމެ ގިނައިން ޕެންޝަން ފައިސާ ލިބިފައިވަނީ އޭޕްރީލް މަހު އެވެ. އެމަހު ވަނީ 37 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާ އިރު މިއަހަރުގެ ހަތަރު މަހު ޕެންޝަން ފައިސާ ވަނީ ތިން މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޕެންޝަން ފައިސާގެ ގޮތުގައި ލިބިފައިވަނީ 143 މިލިއަން ރުފިޔާ އެވެ.
ޕެންޝަން ފައިސާ ލިބޭ ފަރާތްތަކަށް ބަލާ އިރު އަންހެނުން ހިއްސާ ވަނީ 49.8 ޕަސެންޓެވެ. އަދި 50.2 ޕަސެންޓް ހިއްސާ ވަނީ ފިރިހެނުންނަށެވެ.
ޕެންޝަން ދޭ މެންބަރުންގެ ގޮތުގައި އެއް ލައްކަ ތިރީސް ހާހަށްވުރެ ގިނަ މީހުން ތިބި އިރު ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ޕެންޝަން ފަންޑް 30 ޕަސެންޓް އިތުރު ވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން ލަފާ ކުރެއެވެ.