ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަކީ ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތްކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑރ. މަޖީދު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޑރ. މަޖީދަކީ އަބަދުވެސް ހައްޤު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިނުގަނެ، ޤިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން އިރުޝާދު ދެއްވި ބޭފުޅެއްކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ މަރުޙޫމަށް ސުވަރުގެ މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
Dr.Abdul Majeed Bari akee Raajje dhuh dheenee ilmuveringe therein islaahah masakkaiy kurevvumuga fahaga kurevey eh beyfulheh.Abadhuves haqqu bas vidhalhuvumah fas jehivadainugane,qiyamathge biruverikan dhenevadaigane irushadh dhevvi beyfulheh.Marhoom ah suvaruge minvarukuravvashi
— Mohamed Nasheed (@MohamedNasheed) May 22, 2018
ޑރ. މަޖީދު އިސްލާމިކް މިނިސްޓަރކަން ކުރެއްވީ ރައީސް ނަޝީދުގެ ކެބިނެޓްގައެވެ. އަދި ކެބިނެޓްގައި ރައީސް ނަޝީދު ވަނީ ޑރ. މަޖީދަށް ވީޓޯ ކުރެއްވުމުގެ ބާރު ދެއްވާފައެވެ. އެގޮތުން ކެބިނެޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ދީނީ ނަޒަރަކުން ބެއްލެވުމަށްފަހު ޑރ. މަޖީދު ވީޓޯ ކުރެއްވުމުން އެމައްސަލަތައް ރައީސް ނަޝީދު ކެބިނެޓް ބައްދަލުވުންތަކުން ބޭރު ކުރައްވާފައިވެއެވެ.
ރައީސް ނަޝީދު ވަނީ ޑރ. މަޖީދު ލަންކާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އާއިލާ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ.
މިދިޔަ ހަފްތާ ބަންދުގައި ލަންކާގެ ކޮޅުނބުގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތުމާއި ގުޅިގެން ޑރ. މަޖީދަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ އަންގާރަ ދުވަހު މެންދުރެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު ކޮޅުނބުގެ ޖާވައްތަ މިސްކިތުގައެވެ.