ރޯދަ މަސް ފެށުނުއިރު ކަރާގެ އަގު ކިލޯއެއްގެ އަގު އުޅުނީ 35 ރުފިޔާއަށް ކިލޯއެކެވެ. އެހެންނަމަވެސް ފަހުން މާރުކޭޓުގައި ކަރާ ތިޔާގިވެ، ކަރާ ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާއަށް ދަށަށް ގޮސްފައެވެ. މުޅި މާރުކޭޓަށް ބަލައިލިކަމުގައިވީ ނަމަވެސް މާރުކޭޓު އޮތީ ކަރާ އިން ފުރިފައެވެ.
މާރުކޭޓު ގޮޅީގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ މާރުކޭޓުގައި ކަރާ ގިނަވުމާއި ގުޅިގެން ބައެއް ފަހަރު ކަރާ ވިއްކަން އުނދަގޫވާ ކަމަށާއި ކަރާގެ އަގު ހެޔޮވެފައިވަނީ ރާއްޖޭގެ އެކި ރަށްތަކުން މާރުކޭޓަށް ކަރާ ގިނައިން ގެނުމާއި ގުޅިގެން ކަމަށެވެ.
މާރުކޭޓުގައި އަނބު ކިލޯއެއް 65ރ އަށް ވިއްކަން ހުރިއިރު ކިއުކަންބާ ކިލޯއެއް އުޅެނީ 45ރ އަށެވެ. އަދި ބަށި ކިލޯއެއް 50ރ އަށް ލިބެން ހުރިއިރު ކެރެޓް ކިލޯއެއް ލިބެން ހުރީ 20ރ އަށެވެ. މީގެ އިތުރުން ޕެޝަންފުރުޓް ކިލޯއެއް 60ރ އަށް ވިއްކަން ހުރިއިރު ފަޅޯ ކިލޯއެއް ލިބެން ހުރީ 30ރ އަށް ކިލޯއެކެވެ.