ކ. މާލެ
|
21 މެއި 2018 | ހޯމަ 19:26
ކޮކާ ކޯލާގެ އިޝްތިހާރު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮކާ ކޯލާގެ އިޝްތިހާރު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ކޮކާ ކޯލާ އިޝްތިހާރު
ފުރަތަމަ ފަހަރަށް ދިވެހި ބަހުން ކޮކާ ކޯލާގެ އިޝްތިހާރެއް ލޯންޗްކޮށްފި
މިއީ ކޮކާ ކޯލާގެ އިޝްތިހާރެއް ރާއްޖޭގައި ހެދި ފުރަތަމަ ފަހަރު

ކޮކާ ކޯލާގެ އިޝްތިހާރެއް އަލަށް ރާއްޖޭގައި ހަދައިފިއެވެ.

މަޝްހޫރު ކޮކާ ކޯލާގެ ބުއިމުގެ އިޝްތިހާރު ލޯންޗުކޮށްފައިވަނީ މެއި 20 ވަނަ ދުވަހުގެ ރޭ މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ އިޝްތިހާރުގައި މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު އާއި މުހައްމަދު ނިމާލް ފެނިގެންދެއެވެ.

ރާއްޖޭގައި ހެދި އެ އިޝްތިހާރުގައި ދައްކުވައި ދެނީ އާއިލާއެއްގެ އުފާވެރިކަން ކޮކާކޯލާ އިން ކެއުމުގެ ސުފުރާމަތީގައި ފުރިހަމަކޮށްދޭ ތަނެވެ. އަދި އެ އިޝްތިހާރުގައި ވާހަކަ ދައްކާފައިވަނީ ދިވެހި ބަހުންނެވެ.

ކޮކާކޯލާ އިން ބުނީ ރާއްޖޭގައި ހެދި ކޮކާ ކޯލާގެ އިޝްތިހާރުގައި ދިވެހިވަންތަކަން ގެނެސްފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ހާއްސަކޮށް ކޮކާ ކޯލާގެ އިޝްތިހާރުތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ކޮކާ ކޯލާ އަކީ ދިވެހިންގެ މަޝްހޫރުކަން ހޯދާފައިވާ ބުއިމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް