ކ. މާލެ
|
20 މެއި 2018 | އާދީއްތަ 17:46
ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް
ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް
މުހައްމަދު ޝަރުހާން
ރަމަޟާން 1439
ކަރާ ކިލޯ އެއް 25ރ. އަށް ދަށްވެއްޖެ
ރަމަޟާން މަސް ފެށުނު އިރު ކަރަލުގެ އަގު ހުރީ 35ރ. އަށް
އެންމެ ގިނަ މީހުން ގަންނަނީ މިރުހާއި ކަރާ
ހިކަނދި ފަތް ހޯދުމަށް އުނދަގޫ

މާރުކޭޓުގައި ކަރާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފި އެވެ. ކަރާ ކިލޯއެއް މާރުކޭޓުން މިހާރު ލިބެން ހުރީ 25ރ. އަށެވެ.

ކަރާގެ އަގު ހެޔޮވެފައިވަނީ ކަރާ ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަރާގެ އަގު ވަރަށް ބޮޑުތަން ހެޔޮވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއެއް އުޅުނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ހަތަރު ދުވަހުގެ ތެރޭގައި ކަރާގެ އަގު ވަނީ 10 ރުފިޔާ ދަށަށް ޖެހިފަ އެވެ. މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ އއ. ތޮއްޑޫ ކަރަލެވެ.

ބާޒާރުގައި ލިބެން ހުރި އެހެން ތަކެތީގެ އަގުތަކަށް ބަލާ އިރު ފަޅޯ ކިލޯއެއް އުޅެނީ 30ރ. އަށެވެ. ދޮންކެޔޮ އުޅެނީ އެއްވައް 04ރ. އަށް އަދި ތިން ވައް 10ރ. ގެ މަގުންނެވެ. ކަނޑޫދޫ މިރުސް އުޅެނީ 100 ގްރާމް 35ރ. އަށެވެ. ފޭރު ކިލޯއެއް އުޅެނީ ކިލޯއެއް 65ރ.އަށެވެ. ކެރެޓް ކިލޯއެއް 20ރ އަށް ލިބެން ހުރި އިރު ބޭރު އަނބު އުޅެނީ ކިލޯއެއް 65ރ. އަށެވެ. މާރުކޭޓުގައި އޮރެންޖު ލިބެން ހުރީ 02.50ރ އަށެވެ. ކާށި ލިބެން ހުރީ 04ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރޯދަ މަހު އެންމެ ހޯދުމަށް އުނދަގުލީ ހިކަނދި ފަތާއި ކޮޕީ ފަތް ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް