ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ ހާލު ވަރަށް ސީރިއަސް ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ޑރ.މަޖީދަށް ފަރުވާދޭން ފެށީ ކުއްލި ގޮތަކަށް ޖެހުނު ސްޓްރޯކަށްފަހު ހުކުރު ދުވަހުން ފެށިގެންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ޑރ. މަޖީދު މިހާރު އޮންނެވީ ވެންޓިލޭޓަރގ އެވެ.
ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މަޖީދުގެ ހާލުކޮޅު ގޯސްވީ ލަންކާގައި ހުންނަވަނިކޮށް ހުކުރު ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ ކޮޓަރީގައި ވެއްޓިފައި އޮއްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.