ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 06:47
ގްރީން ސްޓްރީޓްގެ ހެޑްކޯޗް ސޮބާހު މުހައްމަދު
ގްރީން ސްޓްރީޓްގެ ހެޑްކޯޗް ސޮބާހު މުހައްމަދު
ރާއްޖެއެމްވީ
ކްލަބްތައް
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ޓީސީ އަދި ޔުނައިޓެޑް ވިކްޓްރީ ފެނިގެން ދިޔައީ ޓީމެއް ގޮތުގައި މަސައްކަތް ކުރިތަން
ގްރީން ސްޓްރީޓް ފަސްޓް ޑިވިޝަނަށް އައުން އެއީ ދިވެހި ފުޓްބޯޅައަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް
ޕްރެކްޓިސް ޖެނުއަރީ މަހުގެ 15 ގައި ފަށަން ވަނީ ނިންމައިފަ

ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ އެޓީމްތަކުގެ މެނޭޖްމަންޓަށް ރަނގަޅަށް މަނޭޖް ނުކުރެވިގެން ކަމަށް މިއަހަރު އަލަށް ފުތަރަމަ ޑިވިޝަނަށް ކޮލިފައިންވި "ގްރީން ސްޓްރީޓް" ގެ ހެޑް  ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ސޮބާ ބުނީ ނަން މަޝަހޫރު ޓީމުތައް ޓޮޕް ފޯއިން ކައްސާލައިގެން ގޮސްފައިވަނީ ޓީމުގެ މެނޭމަންޓަށް ރަނގަޅަށް މެނޭޖް ނުކުރެވިގެން ޓީމު ތެރޭގައި މައްސަލަތައް އުފެދި ކުޅުންތެރިން ބައިބައިވެ ކުޅުންތެރިންނަށް  ދޭންޖެހޭ މުސާރަ ނުދެވި އެފަދަ ބައިވަރުކަންކަންތައް ތަކުގެ ސަބަބުން ކަމަށެވެ.

ފާއިތުވި ދެއަހަރު ބޮޑެތި ކްލަބްތައް ފަހަތަށް ޖައްސާލުމަށް ފަހު އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ޓީސީ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ ފެނިގެން ދިޔައީ ޓީމެއް ގޮތުގައި ކުޅުންތެރިންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތް ކުރިތަން ކަމަށް ސޮބާ ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށްފަހު މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ގްރީން ސްޓްރީޓްގެ ކޯޗް ސޮބާ ބުނީ  ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ ޓޮޕް ފޯގައި އޮންނަން ނުވަތަ އެއަށްވުރެ ކުރިއަށް ދިއުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

ސޮބާ ބުނީ ގްރީން ސްޓްރީޓް ފަސްޓް ޑިވިޝަނަށް އައުން އެއީ ދިވެހި ފުޓްބޯޅައަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިންވެސްޓް ކުރެވެން ހުރި ބަޖެޓަށް ބަލަފައި މިހަރު އޮތް ސްކޮޑަކީ ވަރަށް ހިތްހަމަ ޖެހޭ ސްކޮޑެއް ކަމަށް ސޮބާ ބުންޏެވެ.

އެޓީމާއި މިއަހަރު އަލަށް ގުޅިފައިވާ  ފަސްޓް ޑިވިޝަނަށް ކުޅެ ތަޖުރިބާކާރު ކުޅުނެތެރިންގެ ތެރޭގައި ނިއު ރޭޑީއަންޓްގެ ކުރީގެ ކްޕްޓަން އަހުމަދު މުހައްމަދު (އައްމަޑޭ)، ނިއު ރެޑިއަންޓް އަދި ވިކްޓީރީ ސްޕޯޓްސް ކްލަބަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ)، މުހައްމަދު ސައިފާއި މާޒިޔާގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ)، ޓީސީގެ އަހުމަދު ނިޒާމް( ނިޒާމްބެ) އަދި މުހައްމަދު ޝައްފާތު (ސައްޕޭ) ހިމެނެއެވެ.

މީގެ އިތުރުން ބޭރުގެ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ޖަފާންގެ ކީޕަރު ޖުން ކޯޗީ އާއި  ޔޫރަޕްގެ ޑިފެންޑަރަކާއި މިޑްފީލްޑަރެއް އަދި ސްޓަރައިކަރެއް މިމަހުގެ 20 ގައި ޓީމާއި ގުޅުމަށް ހަމަޖެހިފައެވެ. އަދި ޓީމުގެ ޕްރެކްޓިސް ޖެނުއަރީ މަހުގެ 15 ގައި ފަށަން ވަނީ ނިންމައިފަ އެވެ

- ކޮމެންޓް