ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 06:19
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ގޫގުލް
ރޮނާލްޑޯ
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރޮނާލްޑޯ މި މަގާމު ހޯދީ ލިއޮނެލް މެސީ އާއި އެންޓޮއިން ގްރިޒްމަން އާ ވާދަކޮށްގެން
އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް ހޯދީ 34.54  ޕަސަންޓް ވޯޓުން
ދާދި ފަހުން ރޮނާލްޑޯއަށް ވަނީ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފަ

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އިން އަލަށް ތައާރަފްކުރި ބެސްޓް ފީފާ އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޕޯޗުގަލް ގައުމީ ޓީމުގެގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އުމުރުން 31 އަހަރުގެ ކެޕްޓަން ރޮނާލްޑޯ މި މަގާމު ހޯދީ ބާސެލޯނާގެ ލިއޮނެލް މެސީ އާއި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާ ވާދަކޮށްގެންނެވެ.

ފީފާއިން ހޮވި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް 34.54  ޕަސަންޓް ވޯޓުން  ރޮނާލްޑޯ އަށް ލިބުނު އިރު ބާސެލޯނާ އަދި އާޖެނޓީނާގެ ސްޓްރައިކާ ލިއޮނަލް މެސީއަށް ލިބިފައިވަނީ  26.42 ޕަސެންޓް ވޯޓެވެ. އަދި  އެތްލެޓިކޯ މެޑްރިޑް ފްރާންސްގެ ގައުމީޓީމަށް ކުޅެމުން އަންނަ އެންއިން ގްރިޒްމަން އަށް ލިބިފައިވަނީ 7.53 ޕަސެންޓެވެ.


އެވޯޑް ލިބުނު ރޮނާލްޑޯ ބުނީ 2016 ވަނަ އަހަރަކީ އޭނާގެ ހަޔާތުގައި ވަރަށް  ކާމިޔާބު އަދި ހަނދާނުން ފިލައިގެން ނުދާނެ އަހަރެއް ކަމަށެވެ. މިދިޔަ އަހަރު ކާމިޔާބީތައް ލިބުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

 

"އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންގެ އާއިލާ އާއި، އަހަރެންނާއެކު މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި ސްތާފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރެންނަށް ކޮށްދިން ކަންތަކަށް. 2016 ވަނަ އަހަރީ އަހަރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު" ރޮނާލްޑޯ ބުންޏެވެ.
 

ރޮނާލްޑޯއަށް މިއެވޯޑް ލިބުނުއިރު، އޭނާ ވަނީ މި ދިޔަ އަހަރު ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު އަދި ޕޯޗުގަލް އާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން މިދިޔަ އަހަރު ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކީ، ދާދި ފަހުން އޭނާއަށް ވަނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފައެވެ.
 

- ކޮމެންޓް