ކ. މާލެ
|
16 މެއި 2018 | ބުދަ 13:02
ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނާއެކު  ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ފޮޓޮއަކަށް ހުއްޓިލައިގެން
ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނާއެކު ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ފޮޓޮއަކަށް ހުއްޓިލައިގެން
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި
މި ޕްރޮގްރާމް ފަށާފައިވަނީ އަންގާރަ ދުވަހު

ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އަދި ދަސްވެނިވެފައިވާ ދަރިވަރުންނަށް އަމާޒުކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

އަންގާރަ ދުވަހު ފެށި މި ޕްރޮގްރާމަކީ އެއްއަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި  ތަފާތު އެކި ދާއިރާތަކުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ދަސްވެނިވެފައިވާ ދަރިވަރުން ހިމެނެ އެވެ. އެ ދަރިވަރުން، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާނެއެވެ. މިއީ ބޭންކުން މިހާރު ވެސް ހިންގަމުންދާ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކުން ފުރުސަތު ހުޅުވާލި، 12 މަސްދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ.

އެ ބޭންކުން ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި އިންޓާންޝިޕް ޕްރޮގްރާމަށް 150 ދަރިވަރުން ކުރިމަތިލި އެވެ. އެ ޕްރޮގްރާމަށް ދަރިވަރުން ހޮވީ އިންޓަވިއު ކޮށްގެންނެވެ.

ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން އިންޓަރންސްގެ ގޮތުގައި ބޭންކާ ގުޅުނު ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، އަދި މެންޓަރސްގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަރާތުން ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް