ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ބުންޔާމިން ސަރުކާރުން އައްޔަން ކޮށްފި އެވެ.
އެޗްޑީސީގެ ބޯޑު ޑިރެކްޓަރަކަށް ބުންޔާމިން އައްޔަން ކުރިއިރު، އޭނާ އެ ކުންފުނީގައި މިހާތަނަށް ވަނީ އެއް އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
އެކުންފުނީގެ ވެބްސައިޓްގައި އަންގާރަ ދުވަހުން ފެށިގެން އެކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ލިސްޓްގައިވެސް ބުންޔާމިން ވަނީ ހިމަނާފައެވެ.
މެޑަމް ފާތިމަތު އިބްރާހީމް ހިންގަވާ އިޖުތިމާއީ އަދި ސިޔާސީ ބައެއް ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ ބުންޔާމީން އެޗްޑީސީގެ ބޯޑަށް އައްޔަން ކުރިއިރު، އޭނާ ވަނީ މިފްކޯގައި ވެސް ތިން އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ސީއީއޯގެ މަގާމު އޭނާ ފުރުއްވި އެވެ.