އަމިއްލަ ދިފާޢުގައި ކަންކަންކުރުމުގެ އިޚްތިޔާރު ކޮންމެ ޤައުމަކަށް އޮތްނަމަވެސް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ޢުދުވާންތަކަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ޖަރީމާއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ޤާއިމްކުރެވޭނީ ދެ ދައުލަތް ޤާއިމްކޮށްގެންކަމަށެވެ. ރައީސް ނަޝީދު އިޝާރާތްކުރެއްވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވެން ޖެހޭނެ ކަމަށް ބައިނަލްއަޤްވާމީ މުޖްތައުން ޤަބޫލުކުރާ ހަމަޔަށެވެ.
While all nations reserve the right to defend themselves, Israel’s massacre of Palestinian demonstrators in Gaza is disgraceful, & a grave violation of human rights. Peace can only be achieved through a two-state solution.
— Mohamed Nasheed (@MohamedNasheed) May 16, 2018
އިސްރާއީލް ސިފައިން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދުކުރަމުންދަނީ، އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމާއި ގުޅިގެން، އެކަމާއި އިހުތިޖާޖުކުރަން އެތައް ހާސް ރައްޔިތުންނެއް ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވެ، އިހްތިޖާޖްކުރަމުންނެވެ. މި އިހްތިޖާޖުތަކުގައި ފަލަސްތީނިގެ ރައްޔިތުން އޮށްގައު އުކުމުން އިސްރާއީލް ސިފައިން ރައްދު ހަމަލާދެނީ ބަޑިއާއި ކަރުނަ ގޭހުންނެވެ.