ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:17
އެމްޓީޑީސީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްޓީޑީސީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ގޫގުލް
އެމްޓީޑީސީ އޭޖީއެމް
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ގައި
ޖަލްސާ އޮންނާނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ މި މެއި މަހުގެ 29 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 22:00 ގައި ޗަމްޕާ ސެންޓްރަލް ހޮޓަލްގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އަދި ޖަލްސާގެ ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އެރޭ 21:15 އިން 21:55 ށް ހަމަ އެ މާލަމުގައި ކަމަށްވެސް ނޯޓިސް ގައިވެއެވެ.

މީގެ އިތުރުން، އެމްޓީޑީސީން ބުނެފައިވަނީ ޖަލްސާގައި ބައިވެރިވެވޭނީ މެއި 28 ވަނަ ދުވަހު މެންދުރު 12:00 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަކަށް އެކަނި ކަމަށެވެ. 

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ސަރވިސް ޕޯޓަލް "އިންފިނިޓީ" މެދުވެރިކޮށް އެމްޓީޑީސީގެ ހިއްސާދާރުންނަށް ޕްރޮކްސީ ހުށަހެޅޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

 

 

- ކޮމެންޓް