ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 20:48
ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން- ފޮޓޯ: ބެޑްމިންޓަން
ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން- ފޮޓޯ: ބެޑްމިންޓަން
ފޭސްބުކް
ބެޑްމިންޓަން
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
މިއީ 2019 ވަނަ އަހަރަށް އަމާޒުކޮށްގެން ހިންގި ތަމްރީނުތަކެއް

 ބެޑްމިންޓަން އެސޯސިއޭޝަނުން 2019 ވަނަ އަހަރަށް އަމާޒުކޮށްގެން ގައުމީ ޓީމެއް އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި އެވެ.

 

މެލޭޝިޔާގެ ހައި ޕާފޯމާ ޓްރެއިނަރާކާ އެކު ތިން މަސްދުވަހުގެ މުއްދަތަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގައި 22 ކުޅުންތެރިއަކު ވަނީ ގައުމީ ބެޑްމިންޓަން ޓީމަށް ޝޯޓް ލިސްޓުކޮށްފަ އެވެ. މީގެ ތެރޭގައި 12 އަންހެން ކުޅުންތެރިންނާއި 10 ފިރިހެން ކުޅުންތެރިން ހިމެނެ އެވެ.

 

މި ތަމްރީނުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ކުރިއަށް އޮތް 2019 ވަނަ އަހަރަށް އަމާޒު ކަނޑައަޅައިގެން ހިންގި މިތަމްރީނު ޕްރޮގްރާމަކީ އެ އަހަރުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އަދިވެސް އެހެނިހެން މުބާރާތްތަކުން ރާއްޖެއަށް ރަންވަނަތަކެއް ހޯދުމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ހިންގި ތަމްރީނުތަކެއް ކަމަށެވެ.

 

މޫސަ ވިދާޅުވީ މެލޭޝިޔާގެ ހައި ޕާފޯމާގެ އެހީއާއެކު މައިގަނޑު ގޮތެއްގައި ހިންގުނު ހަރަކާތްތަކަކީ ކުޅުންތެރިންގެ ފިޒިކަލް ކޮމްޕޯނެންޓް ފާހަގަކޮށް، ވަކިވަކި ކުޅުންތެރިންނަށް ބޭނުންވާ ކަންތައްތައް އެސޯސިއޭޝަނާއި ހިއްސާ ކުރުން ކަމަށެވެ.

 

މޫސަ ވިދާޅުވީ މެލޭޝިޔާގެ ޓްރެއިނަރާއެކު ހިންގުނު ތަމްރީނުތަކަށްފަހު އެނގިގެން ދިޔައީ މާލޭގައި ޓީމުގެ ކުޅުންތެރިންނަށް އިތުރު ތަމްރީނުތަކެއް ރަނގަޅު ގޮތުގައި ހިންގައިފި ނަމަ މުބާރާތްތަކުން ބޭނުން ވާފަދަ ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

 

ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމަށް ހިންގި ތަމްރީނުތަކަށްފަހު މެލޭޝިޔާގެ ހައި ޕާފޯމާ ޓްރެއިނަރު މާދަމާގެ ވަގުތެއްގައި އެ ގައުމަށް ދިއުމަށް ފުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް