ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން މި ފެށޭ ރޯދަމަހުގެ ކުރިން އެމަނިކުފާނަށް ހުކުމްކުރާ މަންޒަރު ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ އާއްމު އިންތިހާބުގައި ނުކުތް ފަދަ ނަތީޖާއެއް ރާއްޖޭގައި ބާއްވާ އިންތިހާބުގައި ނުކުމެދާނެ ކަމުގެ ބިރަށްޓަކައި ރައީސް މައުމޫންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން މި ފެށޭ ރޯދަ މަހުގެ ކުރިން އެމަނިކުފާނަށް ހުކުމް ކުރާތަން ދެކެން ބޭނުންވާނެ ކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވެސް މިފަދައިން ކަންކަން ހިންގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މައުމޫންގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ. އެހެން ނަމަވެސް މިއީ އެމަނިކުފާނުގެ މައްޗަށް ހުކުމްކުރަން އަވަސްކުރަން ޖެހޭ ސަބަބެއް ކަމުގައި ނުދެކޭ ކަމަށް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Pres. @maumoonagayoom accepts that persons elected solely on his endorsement would fear a repeat of Malaysia's general election outcome in Maldives & would wish to see him somehow convicted even before Ramazan begins, but of course this cannot be why his trial is being rushed.
— Maumoon Hameed (@maanhameed) May 13, 2018
ރައީސް މައުމޫން މިފަދައިން ގަބޫލްކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ މައްޗަށް ސަރުކާރުން ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. ހަމައެހެންމެ އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ޖަލު ބަންދުގައެވެ.